ގަޑިބުރު އިފްތިތާޙްކުރުން މިރޭ

މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްތިތާޙްކުރުމަށް ތައްޔާރުވެއްޖެއެވެ.
މަޢުލޫމާތުލިބޭ ގޮތުގައި މިރޭ 8:30 ގައި ގަޑިބުރު އިފްތިތާޙްކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މާފަންނު އޯކިޑްމަގާއި ފަރީދީމަގު ހިމެނޭ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ގަޑިބުރަކީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ތަނެކެވެ. މަޢުލޫމާތުލިބޭ ގޮތުގައި ގަޑިބުރު އަލުން އިމާރާތްކޮށް ތަރައްޤީކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރް.ސީ.ސީ) އިންނެވެ. މިހާރު ގަޑިބުރުގެ މަސައްކަތްތައް މުޅިންހެން ނިމި އާންމުންނަށް ފެންނާނެހެން ދައްކާލާފައިވެއެވެ.
<img class="alignnone size-medium wp-image-204620" src="https://cdn.dhen.mv/wp-content/uploads/2023/11/IMG-7916-300x300.jpg" alt="" width="300" height="300" /> <img class="alignnone size-medium wp-image-204621" src="https://cdn.dhen.mv/wp-content/uploads/2023/11/IMG-7915-300x300.jpg" alt="" width="300" height="300" />
1990 ގެ އަހަރުތަކުގެ ފަރުމާއާއި ދާދި އެއްގޮތަކަށް ހެދި މި ގަޑިބުރު އާންމުންނަށް ދައްކާލާފައިވާއިރު، އެންމެ ފުރަތަމަ ގަޑިބުރު ބެހެއްޓީ ރާއްޛޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާޞަބަތާއި ގުޅިގެން 1990 ވަނަ އަހަރުގައެވެ. އޭރު އެތަން ބިނާކުރީ ލަންކާގެ އެހީތެރިކަމުގައެވެ.







ކޮމެންޓް