Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން އިއުލާންކޮށްފި

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން އިއުލާންކޮށްފި

މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން މަޖިލީހުގެ އައު ރައީސް ހިތަދޫ އުތުރު ދާއިރާ މެމްބަރު މުޙައްމަދު އަސްލަމް އަލުން ކަނޑައަޅުއްވާ އިއުލާންކުރައްވައިފިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަސްލަމް ކަނޑައެޅުއްވި 5 މެމްބަރުންނަކީ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދާއި، މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢާމިރުއެވެ.

މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބުނާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް