Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަޖެޓަށް ބަހުސްކޮށް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގުދަންމާލައިފި

ބަޖެޓަށް ބަހުސްކޮށް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގުދަންމާލައިފި

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސްކޮށް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގު ދަންމާލަން ފާސްކޮށް ބަޖެޓުގެ ބަހުސް ފަށައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ ބަޖެޓް ބަހުސް އަވަހަށް ނިންމުމަށް ޓަކައި ނެގުނު ވޯޓަކުންނެވެ. އެ ވޯޓާ އެކު މިއަދުގެ ޖަލްސާ މިރޭ 10:00 ހަމައަށް ކުރިޔަށްގެންދަން ވަނީ ނިންމާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ބަޖެޓް ބަހުސް އެކަންޏެވެ.

Advertisement
HDC — Sidebar (box)

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅުއްވީ 6.5 ބިލިއަން ރުފިޔާއެވެ. އިތުރުކުރި ޚަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ ބިންހިއްކުމާއި، ހަނިމާދޫ އެއަރޕޯޓް މަޝްރޫޢަށް ބޭނުންވާ ފައިސާ ހިމަނާފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް