Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނައިބު ރައީސް ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި

ނައިބު ރައީސް ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، 'ހަފްތާ 14' ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާޢީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސް އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްޞާކުރައްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންގެ މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، 'ހަފްތާ 14' ގައި ޖުމްލަ 161 ވައުދު ހިމެނޭއިރު އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވަޢުދުތަކަށްވާއިރު، މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، 'ހަފްތާ 14' ތަންފީޒުކުރުމަށް އެވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

Advertisement
Ooredoo — Square (box)

ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފްތާ 14" މަގުޗާޓު ވަނީ ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ނެރުއްވައިފައެވެ. މި މަގު ޗާޓުގައި އަށް ދާއިރާއަކުން 161 ވަޢުދު ހިމަނުއްވައިފައިވެއެވެ.

Погрузись в мир страсти – переходи <a href="https://www.yaeby.pro/">этим</a> и наслаждайся яркими эмоциями.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް