Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ  ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ތެރެއިން ފުރަތަމަ ޓަވަރުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން މިރޭ ބުނީ ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަންގެ ސުވިޗް ގިއަރަށް މީގެ ކުރިން ދިމާވި މައްސަލަ ހައްލު ކުރުމަށް ވަގުތީ ގޮތުން ބެހެއްޓި ސުވިޗް ގިއަރުގެ ބަދަލުގައި އާބަންކޯ އިން އައު ސުވިޗް ގިއަރެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެހެން ކަމުން އެ ސުވިޗު ގިއަރު ބަދަލު ކުރުމުގެ މަސައްކަތް މާދަމާ ކުރުމަށް ހަމަޖެހިފައިވާތީ ހިޔާގެ ފުރަތަމަ ޓަވަރުން ހެނދުނު 10:00 އިން 13:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް