މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ބަހައްޓައިފި

ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރީ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އެންސީއައިޓީ ގުޅިގެންނެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަހެއްޓުމުގެ މަސައްކަތް ނިމުމާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ލިބެން ހުންނާނެ ކަމުގައި ކޮމިއުނިކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
މި މަސައްކަތް ނިމުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރު ކުރެވޭނެ ގޮތް ވުމަކީ ގައުމުގެ ހާލަތަށް ބަލާއިރު މިވަގުތު ލިބޭނެ އެންމެ ބޮޑު ފަސޭހަ ކަމުގައި ވެސް މިނިސްޓްރީ އިން ބުނެއެވެ.
މި ނިޒާމް މިހާރު ބޭނުން ކުރަމުންދާއިރު އިތުރު މަސައްކަތުގައި އެން.ސީ.އައި.ޓީ އިން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގައި އެ ފަރާތުން ބުނެއެވެ.