ޚަބަރު

ޖައްބާރު ނަތަންޔާހޫގެ އިސްތިއުފާއަށް ދުންޔާ ގޮވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް, ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

މިއަދު މީސްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދުންޔާ ވަނީ ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ, އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ އުދުވާނުގެ ފަހަތުގައި ތިބި ވެރިންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

ދުންޔާއަކީ މީގެ ކުރިން ވެސް ފަލަސްތީނުގެ ދިފާއުގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ވެސް ވާހަކަ ދައްކަވާ ބޭފުޅެކެވެ. ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް ފަލަސްތީނުގެ ދިފާއުގައި އެކަމަނާވަނީ މަސައްކަތް ކުރައްވާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,800 އަށް އަރައެވެ. އޭގެ ތެރޭގައި 6,150 ކުޑަކުދިންނާއި 4,000 އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 36,000 އަށް އަރައެވެ.

މިވަގުތު އިޒްރޭލާއި ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން, ޔަހޫދީންގެ އުދުވާންތައް ވަގުތީ ގޮތުން ހަތަރު ދުވަހަށް ވަނީ މެދުކަނޑައިލާފައެވެ. ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖުން ބުނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމާ އެކު ޣައްޒާގައި ގަތުލުއާންމު ހިންގަން އަލުން ފަށާނެ ކަމުގައެވެ. އަދި، އެ ކަމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.

ނަތަންޔާހޫއަކީ އިޒްރޭލުގައި ގިނަ ދުވަހު ވެރިކަންކޮށްފައިވާ ފަރާތެކެވެ. ފުރަތަމަ ފަހަރަށް އިޒްރޭލުގެ ބޮޑު ވަޒީރުކަން އޭނާކޮށްފައިވަނީ 1996 އިން 1999އަށެވެ. އޭގެ ފަހުން 2009 އިން ފެށިގެން 2021އަށް ވެސް އެޤައުުމުގެ ބޮޑު ވަޒީރުކަން ކުރީ އޭނާއެވެ. އެއަށްފަހު 2022 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް ބޮޑު ވަޒީރުކަމާ ހަވާލުވިއެވެ. ނަތަންޔާހޫއަކީ ޔަހޫދީ ހަރުކަށި މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. އޭނާގެ ވެރިކަމުގައި ފަލަސްތީނަށް އަބަދުވެސް ގިނަ ހަމަލަތަކެއް ދެއެވެ.

Ads by Ooredoo
  1. އަލިކޮއި

    އަދިވެސް ވުޒާރާއެއް ލިބިދާނެކަމަށް އުއްމީދު ކުރަނީ ހެއްޔެވެ؟

  2. ދުންޔާއަށް ދެން މިހާރު ސްޓޭޓް ފޮރިން މިނިސްޓާ އެޓް ބިގް ލާޖް އޮފް ސްޕެޝަލް އިސްރާއީލް ފައިޓާ ގެ މަޤާމް ދޭވަރު ވެއްޖެ !

  3. ޢިސްތިއުފާ

    މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ މުއިއްޒު އެއީ ރުނޑިކާޅެކޭ އެއީ އާރުކޭ މުއިއްޒު އާރުކޭ އިސްތިއުފާ