Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޮޑު ޚަރަދުކޮށް ފަސްޓް ކްލާހުގައި ދަތުރު ކުރާކަށް ބޭނުމެއް ނޫން: ރައީސް ޑރ. މުޢިއްޒު

ބޮޑު ޚަރަދުކޮށް ފަސްޓް ކްލާހުގައި ދަތުރު ކުރާކަށް ބޭނުމެއް ނޫން: ރައީސް ޑރ. މުޢިއްޒު

ރަސްމީ ދަތުރުފުޅުތަކުގައި ފަސްޓް ކްލާހުގައި ދަތުރު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީ އަދި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ މިއަދު ކުރެއްވި ބައްދަލުވުމުގައި, ނޫސްވެރިޔަކު ވަނީ ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކުގައި ބޮޑެތި ޑެލިގޭޝަންތައް ދަތުރު ކުރާތީ ޚަރަދު ބޮޑުވާކަން ފާހަގަ ކުރައްވާ, އެކަން މިސަރުކާރުން ކުރައްވާނީ ކޮން ގޮތަކަށްތޯ ސުވާލު އުފައްދަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޑރ. މުޢިއްޒު ވިދާޅުވީ, އެމަނިކުފާނުގެ ޓީމު ބޮޑުކޮށް، ބޮޑެތި ޚަރަދުތައް ކުރައްވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ވެސް އެކުގައި ވަޑައިގަތް ޑެލިގޭޝަންގައި ތިއްބެވި ބޭފުޅުންނަކީ ކޮންކަމެއް ކުރަން ވަޑައިގެންނެވި ބޭފުޅުންތޯ ސުވާލު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އޭގެ އިތުރުން ފަސްޓް ކްލާހުގައި ވެސް ދަތުރު ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ. ފްލައިޓްގެ ބިޒްނަސް ކްލާހަށްވުރެ މަތީ ލެވެލެއްގައި ދަތުރުކުރައްވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ހާމަ ކުރައްވާނެ ކަމަށެވެ.

"ހަރަދު ކުރާކަށް ނޫން ބޭނުން ވަނީ. ބޭނުންވަނީ ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ކަންތައްތަކެއް މި ދަތުރުތަކުގަ ވާން. އެއްވެސް އެއްޗެއް ނުފޮނުވާނަން. ހާމަކުރާނަން ވަރަށް އަވަހަށް،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް