Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެލައިޑް އިންޝުއަރެންސްގެ ޕޯސްޓެއް ޝެއާކޮށްގެން ފިލްމު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އެލައިޑް އިންޝުއަރެންސްގެ ޕޯސްޓެއް ޝެއާކޮށްގެން ފިލްމު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް  ފަށައިފި

އެލައިޑް އިންޝުއަރެންސްގެ ސޯޝަލް މީޑިއާ ޕޯސްޓެއް ޝެއާކޮށްގެން ފިލްމެއްގެ ޓިކެޓު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

އެލައިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ހަތަރަކުންފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ޝްވެކް ސިނަމާގައި އަޅުވާ ފިލްމެއްގެ ދެ  ޓިކެޓް ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނެ ކަމަށް އެލައިޑުން ހާމަކުރެއެވެ.

Advertisement
HDC — Sidebar (box)

އެލައިޑުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑް އިންޝުއަރެންސްގެ ޕޭޖު ފޮލޯ ކުރުމަށްފަހު ޕްރޮމޯޝަނާ ގުޅޭ ޕޯސްޓަށް ލައިކު ދޭން ޖެހޭނެ ކަމަށާއި ޕޯސްޓު ޝެއާކުރާ އިރު، ފިލްމު ބަލަން ގެންދަން ބޭނުންވާ ތިން އެކުވެރިން ޓެގުކޮށް، އެ ޕޯސްޓު އަމިއްލަ ޕްރޮފައިލް ނޫނީ ސްޓޯރީގައި ޝެއާކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މި ޕޯސްޓު ޝެއާ ކުރަން ވާނީ ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ކަމަށްވެސް އެލައިޑުން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް