މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ ގުންޒަރު ފަށައިފި

މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން، މަސްވެރިންގެ ހިޔާލާއި ކަންބޮޑުވުންތައް ސަރުކާާރާ ހިއްސާކުރަން ބާއްވާ މަސްވެރިންގެ ގުންޒަރު މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު 09:00 އިން ހަވީރު 17:00 ގެ ނިޔަލަށް ފެށި މި ގުންޒަރު އިފްތިތާޙު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމެވެ.
40 މަސްވެރިން ބައިވެރިވާ މި ގުންޒަރުގައި، މަސްވެރިންގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވަމުންދާ އެކިއެކި ފަރާތްތަކުން ވެސް ބައިވެރިވެއެވެ.
މި ގުންޒަރުގައި މަސްވެރިންނާއި މަސްވެރިކަމާއި ގުޅޭ ތަފާތު އެކި ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރަމުންދެއެވެ.
ކަޅުބިލަމަހުގެ އެމް.އެސް.ސީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއި ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގަމުންދާ ފިޝަރީޒް އިންޕްރޫވްމެންޓް ޕްރޮޖެކްޓްގެ މަސައްކަތްތަކާގުޅޭގޮތުން މި ގުންޒަރުގައި މަޢުލޫމާތު ދީފައިވެއެވެ.
އަދި މަސް ދޯނިފަހަރުގައި ރެ ޅސްކިއު ޑައިވިންއަށް ސެޓިފައި ވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކާމާއި ގުޅޭ މައުލޫމާތު ޑައިވާޒް ލޮޖް މޯލްޑިވްސްގެ ފަރާތުން ފައްޔާޒު އިބްރާހިމް ގުންޒަރުގެ ބައިވެރިންނަށް މައުލޫމާތު ދެއްވައިފައިވެއެވެ.
މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރަން އައު ސަރުކާރު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.






ކޮމެންޓް