ޚަބަރު

ޣައްސާން ކޮވިޑް-19 އަށް ނައްސި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެމަނިކުފާނުގެ ދަރިކަލުން އަދި ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ހެދި ޓެސްޓު ނައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިއަދު ވިދާޅުވީ އޭނާ ކޮވިޑް-19 އަށް ނައްސި ވެފައިވާ ކަމަށާއި ބައްޕަ އަށާއި މި ބައްޔަށް ފައްސިވެ ވެފައިވާ އެންމެންނަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިހުލާސްތެރި ހިދުމަތް ގާތުން ފެނުމުން އެ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް މައުމޫން ކޮވިޑަށް ފައްސި ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މައުމޫން އަށް މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މައުމޫންގެ އާއިލާއިން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަދި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވެފައެވެ.

  1. ސޮމެޮނެ

    ދެން އަތް ޖައްސަވާ !!