Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެލައިޑްގެ އެމްޑީއަކަށް ލުވައިޒް

އެލައިޑްގެ އެމްޑީއަކަށް ލުވައިޒް

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ލުވައިޒް ހަމަޖައްސައިފިއެވެ.

ލުވައިޒްއަކީ މީގެ 21 އަހަރު ކުރިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އެމްޑީގެ މަގާމަށް އައުމުގެ ކުރިން އޭނާ ހުންނެވީ އެލައިޑްގެ ކްލެއިމް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައެވެ.

ލުވައިޒް ތަޢުލީމް ހާސިލްކޮށްފައިވަނީ އޮސްޓްރޭލިއާގެ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓުންނެވެ. އަދި ނިއުޒިލޭންޑްގެ އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފިނޭންސް އިން ވެސް އޭނާ ވަނީ ތައުލީމް ހާސިލްކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

އެސްޓީއޯގެ ފުރާޅުގެ ދަށުން އުފެދުނު އެލައިޑު އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް