Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފުށި ޖަލުގައި ބަންދުގައި ހުރި ގައިދީއަކު މަރުވެއްޖެ

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެންމެ ބުނީ މާފުށީ ޖަލުން މަރުވީ ސްވިޓްޒަލެންޑަށް ނިސްބަތްވާ ޕީޓަ ތޯމަސް ޑަސް (59 އަހަރު)  ކަމަށެވެ.

ޕީޓަ ކުއްލިއަކަށް ހޭނެތިގެން ގޮޅިތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް އަވަސް ފަރުވާ ދިން ކަމަށާއި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ލާތޯ މަސައްކަތް ކުރި ކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ. އޭނާ ހިތް ހުއްޓިގެން މަރުވީ ކަމަށް ޑޮކްޓަރު ކަނޑައެޅީ މިއަދު ހަވީރު 4:01 ގައި ކަމަށްވެސް ކަރެކްޝަނުން ބުނެފައި ވެއެވެ. ޕީޓަ މަރުވުމާ ގުޅިގެން އެ މައުލޫމާތު އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެ އެވެ. މީގެ އިތުރުން ޕީޓަ ތޯމަސް ޑަސް އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެއް ކަމަށްވެސް ކަރެކްޝަނުން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް