Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

ރ. މީދޫއިން ދެއްކީ މޮނިޓަރިންގެ އުސޫލުތަކާ ޚިލާފު ނުވެ ވެސް އީދު ކުޅިވަރު ކުޅެވިދާނެކަން

ރ. މީދޫއިން ދެއްކީ މޮނިޓަރިންގެ އުސޫލުތަކާ ޚިލާފު ނުވެ ވެސް އީދު ކުޅިވަރު ކުޅެވިދާނެކަން

ރ. މީދޫއަކީ އީދު ކުޅިވަރު ކުޅުމުގައި ރާއްޖޭގައި ތަފާތު ބައެކެވެ. ކުޅިވަރު ކުޅުމުގައި ދެ އަވަށް ވަކިން  ކުޅުނު ނަމަވެސް ކުޅިވަރުގެ ރޫހާ އެކުވެރިކަމުގައި މީދޫއަކީ ދައްކަމުން އަންނަ ނަމޫނާ ރަށެކެވެ. ކޮވިޑް19ގެ މިހާލަތުގައި ދޮޅު އަހަރަށް ފަހު ރާއްޖޭގެ ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަ ކުރިނަމަވެސް މީދޫއަށް ދިމާވީ ހިތާމަވެރިގޮތެކެވެ. ކޮވިޑް19ގެ ވޭދަނައެއް ފެނި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިންގައެވެ.

އެހެން ނަމަވެސް އެ ރަށު މީހުންގެ ފޯރިއާއި ކުޅިވަރާއި މަޖަލަށް އެއްވެސް ބަދަލެއް ނައެވެ. ތަފާތަކަށްވީ ކުޅިވަރުތައް ކުރިއަށް ގެންދިޔައީ ކޮންމެތާކުގެ ހުއްޓަސް ބައިވެރި ވެވޭހެންނެވެ. ކުލަބުހައުސް މެދުވެރިކޮށް ވާޗުއަލްކޮށެވެ. މި ރިޕޯޓްގައި ހިމަނާލެވޭތޯ މަސައްކަތް ކުރަނީ ބޮޑު އީދުގައި މީދޫގެ ޒުވާނުންނާއެކު އަޅުގަނޑު ފާހަގަ ކުރި އީދުގެ މަޖާ އުފާވެރި ތަޖުރިބާއެވެ. އީދު ކުޅިވަރުގައި ކުލަބް ހައުސްގައި އަޅުގަނޑު މިފަހަރު ވަރަށް މަޖާ ކުރީމެވެ.

ފަންމާލި

Advertisement
Allied Insurance — Square (box)

[caption id="attachment_105237" align="alignnone" width="960"] ފޮޓޯ މީދޫ ހުޅަނގު އަވަށު އީދު އުފާ ފޭސް ބުކް ޕޭޖް[/caption]

ހައްޖު ދުވަހުގެ ރޭ ނުވަތަ އީދު ވިލޭރޭގެ 9 ޖަހާލިހާއިރު "ފަންމާލި" ކުލަބް ހައުސްގެ ރޫމްގައި މާލި ހަދަން ފަށައިފިއެވެ. ރޫމްގައި މީދޫގެ ޒުވާނުންނާއެކު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސްވެސް ބައިވެރިވެ ދެއްކީ ނަމޫނާއެކެވެ.

ފަންމާއްޔަކީ އީދު ވިލޭރޭގެ މެންދަމުގެ ކުރިން ވަލުތެރެއިން ނުކުމެގެން ރަށު ތެރޭގައި ލަވަޔާއި ބޮޑުބެރާ އެކު ހަރަކާތްތެރިވާ މާއްޔެކެވެ. މި މާލި ހެދުމަށް ޓަކައި ރަށުގެ ޒުވާނުންނާއި ހަރު މީހުން އެއްވާނީ ރަށުގެ ރުއް ދަނޑަށެވެ. މިމާލި ހެދުމަށް ފަނާއި ހުއި އަދި އެކި ޒާތުގެ ފަތާއި ވަކަ ބޭނުންކުރާނެއެވެ. މޮނިޓަރިންގެ ހާލަތުގައި ފަންމާލިތައް އެރީ ކުލަބްހައުސްގެ ޕްރޮފައިލް ފޮޓޯތަކަށެވެ.

ކާފާބެ

[caption id="attachment_105238" align="alignnone" width="960"] ފޮޓޯ: މީދޫ ހުޅަނގު އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

"ކާފާބެ" އަކީ ވަށް ބައްޓަމަށް ހަދާ މާއްޔެކެވެ. ކުޅޭމީހުން ވަކިނުވާ ގޮތަށް ހަދައި، ވައްކޮށް ހަދައި ދެ ފަޔާއި ދެ އަތް އަދި ބޮލަށް ވެސް ހިމަކޮށް ދިގުކޮށް ގޯނި އޮޅައިފައި ހުރެއެވެ. އަދި ބޮލުގައި ކޯންއެއްގެ ސިފައަށް މައްޗައް ހިމަކޮށް ހަދާފައި ކޮޅަށް ކުޑަ ރުކެއް ޖަހައިފައި ހުރެއެވެ. އަދި މޫނުމަތީގައި މާސްކެއް އަޅައިފައި ހުރެއެވެ. ކާފާބެ ކުޅިވަރުގައި ދައްކުވައިދެނީ އޮޑި މޫދަށް ބާލައިގެން މަހަށް ގޮސް ދިވެހިން އިހުގެ މަސްވެރިކަން ކުރާގޮތެވެ. މި ތަފާތު މާލި ވެސް އެކި ސައިޒު ސައިޒުން ވަނީ މީދޫގެ މީހުންގެ ޕްރޮފައިލް ފޮޓޯއަށް އަރައިފައެވެ.

ނަވުގެ ކުޅިވަރުތައް

[caption id="attachment_105239" align="alignnone" width="2048"] ފޮޓޯ މީދޫ އިރުމަތި އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

[caption id="attachment_105240" align="alignnone" width="2048"] ފޮޓޯ މީދޫ އިރުމަތި އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

މީދޫއަށް ކަރަކަރައިން މީހުން އަންނަ ނައުކޮޅު ބަނދަރު ކުރީ އީދު ދެވަނަ ދުވަހުގެ ހެނދުނެވެ. ބަޑިތަކާއި ހަތިޔާރާއެކު ސިފައިން ހަމަލާ ދީދީ ތިއްބާ،  މޮނިޓަރިންގެ ހާލަތުގައި ވެސް ވާރޗުއަލްކޮށް ޕްރޮފައިލް ފޮޓޯތަކަށް ނައު ބަނދަރުކޮށްފިއެވެ. އަދި ނަވުގެ ކުޅިވަރު ފެށި "ނަވުގެ ރާނީ" ގޮސް މޫދަށް އެރި ނަވުގައި އެލިގަނެގެން އޮވެ ނަވު ކަނޑައިފިއެވެ. އެއާ އެކު ފެންކުޅީގެ ހަރަކާތް ގަދަވެގެންދެއެވެ.

ނަވު ކެނޑި މީހާ، ނުވަތަ "ނަވުގެ ރާނީ"އަށް ހާއްސަ މައިދާނަށް އޭނާ އެރުވީ އަސްރު ނަމާދުކޮށްގެން އައުމަށް ފަހު އޭނާ ގޮވައިގެން ދާއިރު އޭނާ ގެންދާނީ އިއްޒަތާއި ޝަރަފުގައެވެ.

ޒޮމްބީ ނައިޓް

[caption id="attachment_105241" align="alignnone" width="960"] ފޮޓޯ: މީދޫ ހުޅަނގު އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

ދެން އައީ "ޒޮމްބީ ނައިޓް" އެވެ. ތަފާތު އެކި ބިރުވެރި ޒޮމްބީތައް ތައްޔާރު ކުރެވި ފޮޓޯތައް އަރަފިއެވެ. ފެންނަ ފެނުނަމަށް ތަންކޮޅެއް ޒަމާނީ ކުޅިވަރެއް ގޮތަށް އަހަންނަށް ސިފަވިއެވެ. އެކަމަކު މިކުޅިވަރަކީ އެރަށުގައި ކުރިން ކުޅުނު "ބޮޑު ކަސްރަތު" ކުޅިވަރު ކުޅެމުން އައި ގޮތް ބަދަލު ކޮށްލުމަށް ފަހު ކުޅެން ފެށި ކުޅިވަރެއް ކަމަށްވެއެވެ. "ބޮޑު ކަސްރަތު" ކުޅިވަރަކީ ފިރިހެނުން އަންހެނުންނަށް ވެގެން އަންހެނުން ހެދުން އަޅައިގެން ކުޅުނު ކުޅިވަރެކެވެ. އެހެން ނަމަވެސް އެ ކުޅިވަރު ބަދަލުކޮށް ޒޮންބީތައް ރަށު ތެރެއަށް އަރަން ފެށިތާ ހަތަރު ފަސް އަހަރު ވެދާނެކަމަށް މައުލޫމާތު ލިބެއެވެ.

ކޯޑި ކުޅިވަރު

[caption id="attachment_105242" align="alignnone" width="960"] ފޮޓޯ: މީދޫ ހުޅަނގު އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

ކޯޑި ކުޅިވަރު ފެށިގެން ދިޔައީ އީދުގެ 3 ވަނަ ދުވަހުގައެވެ. އެކި ސައިޒުތަކުގެ ކޯޑިތަކު ފޮޓޯތަކުން އެންމެންގެ ފްރޮފައިލް ފޮޓޯތައް ވަނީ ޖަރީކޮށްލައިފައެވެ. ބެރު ޖެހުމާއި ހޯއްގޮއްވުމުގެ ހަރަކާތް ކުރިއަށް ދިޔައިރު މިތިބީ ކުލަބް ހައުސްގެ ރޫމެއްގައިކަން ހަނދާން ވެސް ނެތެވެ. މިހަރަކާތުގައި ފަން ބޭނުންކޮށްގެން ކޯޑި ހަދައި މުޅި ރަށުގައި ކޯޑި ހިފައިގެން ބެރާ އެކު ލަވަ ކިޔަމުން ހިނގާނެއެވެ. މިގޮތަށް މުޅި ރަށުގައި ކޯޑި ދުއްވުމަށް ފަހު ރަށުގެ އަތިރި މަތީ ރުކެއްގައި ކޯޑި އައްސާނެއެވެ. އަދި މި އެއްސި ކޯޑި ކަނޑައިލާ މީހާއަކީ ކޯޑީގެ ރާޖާއެވެ. ކޯޑީގެ ރާޖާއަށް ހާއްސަ ކުރެވޭ މައިދާނަށް އިއްޒަތާއި ޝަރަފުގައި ކޯޑި ކެނޑި މީހާ އެރުވުމުގެ ހަފްލާ އޮންނަނީ އީދު 3 ވަނަ ދުވަހުގެ އަސްރު ނަމާދަށް ފަހުގައެވެ.

ހަނޑޫ ދޮވުން

[caption id="attachment_105243" align="alignnone" width="960"] ފޮޓޯ މީދޫ އިރުމަތި އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

އީދު ނަވު ކެނޑި މީހާއާއި ކޯޑި ކެނޑި މީހާއަށް ވެދުން ކުރުމަށް ބޮނޑިބަތް ކެއްކުމަށް ހަނޑޫ ދޮވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އީދު 4 ވަނަ ދުވަހުގެ މެންދުރު ފަހުގައެވެ. މިހަރަކާތުގައި ހަނޑޫ ދޮންނަނީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިންނެވެ. މިކަން ހިނގަމުން ދާއިރު ބޮޑު ބެރު ޖެހުމާއި ލަވަ ކިޔުން އޮންނާނެއެވެ.

ދެލި މާލި

[caption id="attachment_105245" align="alignnone" width="960"] ފޮޓޯ: މީދޫ ހުޅަނގު އަވަށު އީދު އުފާ ފޭސްބުކް ޕޭޖް[/caption]

އެންދެރި ކުލައިގެ ދެލި މާލިތަކުން މީދޫ ޒުވާނުންގެ ދެލިމާލި ރޫމް ފުރާލީ އިއްޔެ ހަވީރުއެވެ. މިކުޅިވަރުގައި ދެލިމާލިތައް ތިބޭނީ ކާކުކަން ނޭނގޭ ގޮތަށް ބިރުވެރި ސިފައަކަށެވެ. ދެލި ފުނޑައިގެން މުޅިގައިގައި ދެލި ލައިގެން ކުޅޭ މިކުޅިވަރަކީ ފޯރިގަދަ ކުޅިވަރެކެވެ.

މޮނިޓަރިންގައި އޮތް ނަމަވެސް ރ. މީދޫގެ އީދު ކުޅިވަރު ނުހަނު ކާމިޔާބުކަމާއި ފޯރިއާއެކު ރޭ ނިންމާލީ އެޗްޕީއޭގެ ގައިޑް ލައިންތަކާ ހިލާފުނުވެ، ކައުންސިލާއި ޒުވާނުން ގުޅިގެންނެވެ. މީދޫ ޒުވާނުންނާ އެކު މި ފާހަގަ ކުރި އީދުގައި އަހަންނަށް ފާހަގަވީ އެރަށު ޒުވާނުންނަކީ ވަރަށް އެކުވެރި މަޖާ ބައެއްގެ ގޮތުގައެވެ. ހާއްސަކޮށް ނަމާދަށް ފަރުވާތެރި ދީނީ ކަންކަމަށް އިސްކަން ދޭ ބައެއްގެ ގޮތުގައެވެ. ކޮންމެ ނަމާދު ގަޑިއަކަށް ގުރޫޕް ހުސްވެއެވެ. އެންމެން ނަމާދުކުރުމަށް އެކަކު އަނެކަކަށް ހަނދާން ކޮށްދިންތަން ވެސް ފެނުނެވެ.

(ނޯޓް: މި ރިޕޯޓްގައި ހިމަނައިލައިފައި މިވަނީ މީދޫގައި މީގެ ކުރިން އީދު ފާހަގަ ކުރި އިރުގެ ފޮޓޯތަކެވެ. ފޮޓޯތައް ނަގައިފައި ވަނީ ފޭސްބުކް ޕޭޖްތަކުންނެވެ.)

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް