ޚަބަރު

ކޮވިޑް-19: ހުޅުމާލޭ ޖަލުން 6 މީހަކު ފައްސި ވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުހުޅުމާލޭ ޖަލުން ހަ މީހަކު ކޮވިޑަށް ފައްސިވެއްޖެކަން ކަރެކްޝަނަލް ސާވިސަސް އިން ހާމަ ކޮށްފިއެވެ.
ކަރެކްޝަންސުން ބުނީ ކޮވިޑަށް ފައްސިވެފައިވަނީ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައި ތިބި ބިދޭސީ ފަސް މީހަކާއި، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމަށެވެ. މި ހަމީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ ކަމަށް ކަރެކްޝަންސުން ބުނެފައިވެއެވެ.

Ads by Sosun Fihaara

މީގެއިތުރުން ކަރެކްޝަންސުން ބުނެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮރޯނާ ވައިރަސް ވަދެފައިވާކަމަަށް ބެލެވެނީ އެތަނަށް އަލަށް ގެންދިޔަ ބިދޭސީންގެ ފަރާތުން ކަމަށެވެ.
މިހާތަނަށް 10 އޮފިސަރުންނާއި ދެ ނަރުހުންގެ އިތުރުން، 19 ޑިޓެއިނީންނާއި އެއް ގައިދީންގެ ސާމްޕަލް ނެގިފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.
"މި ހާލަތާއި ގުޅިގެން އެޗްޕީގޭ ގައިޑްލައިންޔަކާއި އެއްގޮތަށް މި ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިިޔަވަޅުތައް އަޅަމުންދާކަމަށް ދަންނަވަމެވެ". ކަރެކްޝަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!