Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގިނަ ބައެއްގެ އެދުމާ އެއްގޮތަށް 13 އަހަރު ފަހުން ދޮންއަދަރާދަ ހިނގުން ރޯދައަށް ހުޅުވާލަނީ

ގިނަ ބައެއްގެ އެދުމާ އެއްގޮތަށް 13 އަހަރު ފަހުން ދޮންއަދަރާދަ ހިނގުން ރޯދައަށް ހުޅުވާލަނީ

ސްޓެލްކޯގެ ބައެއް އިންޖީނުތައް ބެހެއްޓުމަށްޓަކައި މީގެ 13 އަހަރު ކުރިން ބަންދުކުރި ދޮންއަދަރާދަ ހިނގުން ރޯދަ އަށް ހުޅުވުމަށް ނިންމައިފި އެވެ.

ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އަމާޒު ހިފާފައިވަނީ ކުރިޔަށް އޮތް ރަމަޟާންމަހުގެ ކުރިން އެމަގުގެ މަސައްކަތް ނިންމައި މަގު ހުޅުވާލުމަށް ކަމަށާއި އެ މަގު ހުޅުވިގެން ދިއުމާއެކު، އެ ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހަގީގީ މާނައިގައި ލިބެމުންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާން މަސް އަންނަން ވާއިރަށް މަގު ހުޅުވާލެވޭނެ. އަދި ހަމަ އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ." ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ހުޅަނގަށް އެ މަގު 2010 ގައި ބަންދުކުރީ އޭރު މާލޭގެ ކަރަންޓުގެ ޑިމާންޑު މަތިވެ، އިތުރު އިންޖީނުތަކެއް ބެހެއްޓުމަށެވެ. ނަމަވެސް ހުޅުމާލޭގައި ހެދި ސްޓެލްކޯގެ އިންޖީނުގެ ހުޅުވުމާއެކު، ދޮންއަދަރާދަ ހިނގުމުގެ ބައެއް ބަންދުކޮށް ބެހެއްޓި ޖެނަރޭޓަރު ސެޓުތައް ބޭނުން ކުރުން ހުއްޓައިލިއެވެ.

ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

Advertisement
Allied — Dhen Online (box)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް