Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަފްތާ14 ވައުދާ އެއްގޮތަށް ފުށި ދިއްގަރުފަޅު ހިއްކަން ފަށަނީ

ހަފްތާ14 ވައުދާ އެއްގޮތަށް ފުށި ދިއްގަރުފަޅު ހިއްކަން ފަށަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް ފުށި ދިއްގަރުފަޅު ހިއްކަން މިއަދު ފަށަން ހަމަޖެހިއްޖެއެވެ.

މިމަޝްރޫއު ފައްޓަވާ ދެއްވާނީ ރައީސް ޑރ. މުޢިއްޒެވެ. މިއަދު މެންދުރުފަހު މަޝްރޫއު ފެށުމަށް ޚާއްސަ އިވެންޓެއް އޮންނާނެއެވެ.

ފުށި ދިއްގަރުފަޅުގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި މި ކަމަށް ހިމެނި 400 މިލިއަން ރުފިޔާ ވަނީ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައެވެ. މި މަޝްރޫއުއަށް ފައިސާ ހޯދާނެ ގޮތެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

މި މަޝްރޫއުގެ ބޭނުމަށް ރައީސް ޑރ. މުއިއްޒުވަނީ، އެ މަނިކުފާނަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު، ކ. ގުޅީގެ އިހްތިޞާސުން އުނިކުރައްވައިފައެވެ. އެ ފަޅުން 800 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުޢިއްޒުގެ ބޮޑު ތަސައްވުރެކެވެ. މި ތަން ތަރައްގީކުރާނީ މާލެ ނައިސް ރައްޔިތުންނަށް ދިރިއުޅެވޭ ފެންވަރަށް ހުރިހާ ޚިދުމަތަކާއެކުގައެވެ. މިއީ މާލެއާ ގުޅާލެވޭ ވަރަށް ވުރެ ދުރުގައި އޮތް ރަށެކެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފަ އެވެ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް