Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ވަކިކުރަން ފަސޭހަވާ ގޮތަށް ގަވާއިދު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ވަކިކުރަން ފަސޭހަވާ ގޮތަށް ގަވާއިދު ފާސްކޮށްފިއެވެ. އެ އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން ވޯޓުގެ ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ޖުމްލަ އަދަދު މާނަ ކުރާ ގޮތަށެވެ. އެގޮތުން، އޭނާ ހުށަހެޅުއްވި އިސްލާހަކީ, މަޖިލީހުގެ ޖުމްލަ އަދަދު ގުނުމުގައި ބަލާނީ، އެ ވަގުތަކު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަށް ކަމަށެވެ,

އާ ސަރުކާރުގެ ކެބިނެޓާއި ބައެއް އިސް މަގާމުތަކާ ހަވާލުވުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމުން މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަކީ 80؛ އެހެންކަމުން، ޝިފާއުގެ އިސްލާހު ތަޅުމުން ފާސްވުމުން މަޖިލީހުގެ ތިން ބައިކުޅަ ދެ ބަޔަކަށް ވާނީ 54 މެންބަރުންގެ ވޯޓެވެ.

އެހެންކަމުން، ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމާއި އެ ނޫން ވެސް ކަންކަމުގައި ނަގާ ވޯޓުތަކުގައި ޖުމްލަ އަދަދު 80 އިން ގުނުމުން، އެމްޑީޕީގެ 55 މެންބަރުންގެ ވޯޓާ އެކު ފަސޭހައިން ފާސްވުމުގެ ފުރުސަތު އޮންނާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް