ޕޮގްބާ ކޮވިޑް-19 އަށް ފައްސި ވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. މި ކަން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ޑިޑިއާ ޑެސްޗެމްޕްސް ވަނީ ކަށަވަރު ކޮށްދީފައެވެ.
27 އަހަރުގެ ފްރާންސްގެ މި ކުޅުންތެރިޔާ މިހާރު ވަނީ 14 ދުވަހަށް ކަރަންޓީނު ކުރެވިފައެވެ.
ޕޮގްބާ ކޮވިޑަށް ފައްސި ވުމުގެ ސަބަބުން އަންނަ މަހުގެ 5 ވަނަ ދުވަހު ކުޅެވޭ ފްރާންސް ކުޅޭ މެޗު އޭނާއަށް ގެއްލިގެން ދާނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސްވިޑެންގައެވެ.
ފްރާންސްގެ ސުކޮޑުގައި ޕޮގްބާގެ ބަދަލުގައި ކުޅޭނީ 17 އަހަރުގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ އެވެ.
ލިސްޓު ޕޮގްބާ ހިމަނައިގެން ހެދި ނަމަވެސް އޭނާ ބާކީ ކޮށް އެންމެ ފަހު ވަގުތު ސްކޮޑު ބަދަލު ކޮށްފައިވާ ކަމަށް ފްރާންސްގެ މެނޭޖަރު ބުނެއެވެ.