މަޖިލިސް މެމްބަރުންގެ މުސާރަ އެލަވެންސާއެކު 100،000 އަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު މެންދުރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރުން ވަނީ އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސާއި ނާއިބު ރައީސާއި އަދި މިނިސްޓަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅާފައެވެ.
މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް:
- ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.
- މިނިސްޓަރުން - 72،000ރ.
- ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.
- މަޖިލީހުގެ ރައީސް - 90،000ރ.
- މަޖިލީހުގެ ނައިބު ރައީސް - 88،000ރ.
- އުއްތަމަ ފަނޑިޔާރު - 91،000ރ.
- އެމްއެމްއޭ ގަވަރުނަރު - 74،000ރ.
- އޮޑިޓާ ޖެނެރަލް - 74،000ރ.
- ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.
- މޭޔަރު - 46،000ރ.
- ޑެޕިއުޓީ މޭޔަރު- 40،500ރ.
- ސިޓީ ކައުންސިލް މެންބަރުން 35،000ރ.
- އަތޮޅު ކައުންސިލް ރައީސް 33،000ރ.
- ރަށު ކައުންސިލް ރައީސް 25،500ރ.
- ރަށު ކައުންސިލް ނައިބުން 20،000ރ.
- ރަށު ކައުންސިލަރުން 18،000ރ.






ކޮމެންޓް