Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސްއާއި ކެބިނެޓްގެ މުސާރައިގެ ކުރިއެރުން އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމަވައިފި

ރައީސްއާއި ކެބިނެޓްގެ މުސާރައިގެ ކުރިއެރުން އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމަވައިފި

ސަރުކާރުގެ އިސްވެރިންގެ މުސާރައަށް އިތުރުކުރަން ނިންމާފައިވާ މިންވަރު އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އިދިކޮޅުގައި އޮތް, އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ނައިބު ރައީސާއި މިނިސްޓަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފަ އެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސާއި ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

"މުސާރަ ބޮޑު ކުރާ ކަށް ބޭނުމެއް ވެސް ނޫން. އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަށް އިޖުތިމާއީ ފަންޑަކަށް ހަދިޔާ ކުރަން އަޅުގަނޑު ނިންމައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މުސާރަ ބޮޑު ކުރުމަށް ނިންމީ، 120،000ރ. އަށް؛ މިހާރު ލިބެނީ، 100،000ރ. އެވެ. ނައިބު ރައީސްގެ މުސާރަ ބޮޑުކުރުމަށް ނިންމީ، 90،000ރ. އަށް؛ މިހާރު ލިބެނީ، 74،000ރ. އެވެ.

މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް