Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްޖޭއޭއިން ބަޔާން ނެރުނީ ދިރާސާ ނުކޮށް: ޝަހީބް

އެމްޖޭއޭއިން ބަޔާން ނެރުނީ ދިރާސާ ނުކޮށް: ޝަހީބް

ރާއްޖޭގައި ހިންގަމުންދާ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށާއި ވެބްސައިޓްތައް ބްލޮކް ކުރި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާން ނެރުނީ ދިރާސާ ނުކޮށް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު އެކްސްގައި ކިރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށާއި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންގެ ޖަމިއްޔާ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅު ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓެއް ސަރުކާރުން ރޭގެ ވަގުތެއްގައި ވަނީ ބްލޮކްކޮށްފައެވެ. ރޭ ބްލޮކް ކުރި ދެ ސައިޓަކީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމްއެވެ.

Advertisement
Allied Insurance — Square (box)

އެ ދެ ސައިޓުން ވެސް ވަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ބައެއް ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހުރި ކަމެއް ބުނެ، ނޫހެއް ގޮތަށް ލިޔުންތައް ޝާއިއުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް