Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެ ސަރަހައްދުން 7 މީހަކު ފައިލޭރިއާއަށް ފައްސިވެ, ބަލި ޖެހުނު މީހުންގެ އަދަދު 32 އަށް

މާލެ ސަރަހައްދުން އިތުރު ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކޭމްޕެއްގެ ތެރެއިން ފައިލޭރިއާއަށް ފައްސި ކޭސްތަކެއް ފެނުމާއި ގުޚިގެން, ދުނިޔޭފެ ސިއްޖަތު ޖަމިއްޔާގެ ލަފާއާއެކު ކުރެވެމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ބައްޔަށް ޓެސްޓުކުރުމުގެ ތެރޭގައި އިތުރު ފައްސި ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

އަދި މިމަހުގެ 22 އަދި 23 ގައި މާލޭ ސަރަހައްދުގައި ކުރެވުނު ޓެސްޓުތަކުން ހުޅުމާލެއިން 5 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާއިރު، މާލެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ގުޅީފަޅުންވެސް ބިދޭސީއަކު ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެޗްޕީއޭއިން ވަނީ މިހާތަނަށް 528 މީހަކު ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 496 މީހަކު ބައްޔަށް ނައްސި ވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ޓެސްޓުކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޓެސްޓުކުރި 89 މީހަކާއި، ކުޅުދުއްފުށިން ޓެސްޓުކުރި 439 މީހެކެވެ.

ފައިލޭރިއާއަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި، އިންޑިއާގެ ބިހާރުގެ 18 މީހަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ 1 މީހަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ 1 މީހެއްގެ އިތުރުން ބަންގްލަދޭޝްގެ 2 މީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް