އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯސަލް އަކީ ސޯލާ ޕްރޮޖެކްޓެއް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓް ކުރަން ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފިއެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މާގިރި ހޮޓަލުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ޕްރޮޕޯޒަލް އަކީ ރިނިއުބަލް އެނާޖީގެ ދާއިރާއިން 110 މެގަ ވޯލްޓް ހާސިލުވެގެންދާ ޕްރޮޕޯޒަލްއެއް ކަމަށެވެ.
ނަމަވެސް އެ ޕްރޮޖެކްޓުގެ މާބޮޑު ތަފްސީލެއް ރައީސް ހިއްސައެއް ނުކުަރައްވައެވެ.
''މިއީ ކޮޕް28 ގެ ފަހުން އެއްވެސް ގައުމަކުން ފުރަތަމަ އެ މަގްސަދު ހާސިލުކުރުމަށްޓަކައި ފަށާ މަސައްކަތް އިންވެސްޓްުމެންޓް'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިނިއުބަލް އެނާޖީގެ ދާއިރާގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ކޮންްޓްރަކްޝަން އިންޑަސްޓްރީ މުހިއްމު ދައުރެއް އަދާކުރަން ޖެހޭ ކަމަށާއި ބޭރުގެ ފަރާތްތަކަށް ހުރިހާ ކަމެއް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
އެސްއީޒެޑްގެ ފުރުސަތުތައް ތަންމިނަށް ހުޅުވާލާފައި. އަޅުގަނޑު އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލް ބަލްކުކޮށް ގެނެސް ރާއްޖޭގައި އެސްއީޒެޑް ސްޓޭޓަސް ދޭން މިތިބީ ތައްޔާރަށް ބަލްކު ސްޓޯރޭޛް ބިޒްނަސް ރާއްޖޭގައި ސްޓޯރުކޯށްގެން ރީ އެކްސްޕޯޓްވެސް ކުރަންވީ.އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއ ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއި ފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ހިމެނެއެވެ.






ކޮމެންޓް