އާރްޑީސީގެ ދަރަނި ތިން މިލިއަނާ ގާތަށް
މަގުހަދާ ކުންފުނި، އާރްޑީސީގެ ދަރަނި 300 މިލިއަނާ ގާތްކުރާ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމް ގައި ޒުހައިރު ވިދާޅުވީ ކުންފުނީގެ އެމްޑީކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުންފުނީގެ މާލީ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެއްވެސް މަސައްކަތެއް ނުހިނގާތާ ހަ މަސް ދުވަސް ވެދާނެ ކަމަށާއި، ހުރިހާ ރަށެއްގައި އާރްޑީސީން ކުރަމުން މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.
މާލޭގައި މަސައްކަތް ކުރިއަށް ދަނީ އަމީނީ މަގުގެ ވަކި ހިސާބަކާއި ހަމަޔަށްކަން ފާހަގަކުރަމުން ޒުހައިރު ވިދާޅުވީ ހުއްޓިފައި އޮތް 17 ރަށެއްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަލުން މަސައްކަތް ފެށި ރަށްތަކަކީ 70 އިންސައްތަ އާއި 80 އިންސައްތަ މަސައްކަތް ނިމިފައި ހުރި ރަށްތައް ކަމަށް ވިދާޅުވިއެވެ.
އެކި ރަށްރަށުގައި އެކި ވަރަށް މަސައްކަތް ކުރެވެމުން ދަނީ، އެއްވެސް ރަށެއްގައި މަސައްކަތެއް ކުރެވިފައެއް ނެތް އެހެން ވުމުގެ ސަބަބުން މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައި
އެއަށް ފަހު ޒުހައިރު ވިދާޅުވީ އާރްޑީސީގެ ބޮޑު ދަރަންޏެއްވެސް އެބައޮތް ކަމަށެވެ. އެންމެ ފުރަތަމަ ލިބުނު މައުލޫމާތުތަކުން އެނގުނު ގޮތުގައި އެއީ 200 މިލިއަންހާ ރުފިޔާގެ ދަރަންޏެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަހުން ބެލިއިރު އެ އަދަދު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ،
އެހެން ނަމަވެސް މިއަދު ލިބުނު އަދަދުތަކުން ބުނާ ގޮތުން 300 މިލިއަންއާ ހަމަޔަށް އަރާނެކަމަށް ލަފާކުރެވޭނީ.
އޭނާ ވިދާޅުވީ ކުންފުނީގެ ހާލަތާއި ގުޅޭ ގޮތުން ސީދާ ވަކިން އެއްޗެއް ވިދާޅުވާމުން ދަތި ކަމަށާއި ސަބަބީ އާރްޑީސީގެ ބައެއް ލިޔެކިޔުންތައް ޕޮލިހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ގެންގޮސްފައިވާތީއެވެ.
އެހެންވެ އަސްލު ދަންނަވާކަމަށްވަންޏާ ޕާފޯމިންސް އޮޑިޓެއް ނެތް ހެދޭކަށް. އާރްޑީސީގެ ސަޕްލައިރުންވެސް ގިނަ. ރޯ މެޓީރިއަލް ސަޕްލައިކުރާ ފަރާތްތަކުންވެސް ވަނީ ރޯ މެޓީރިއަލް ދިނުމުގައި، ކްރެޑިޓް ޓާމްސް ލާރީ ނުދީގެން ހުއްޓާލާފައި
އޭގެ އިތުރަށް އާރްޑީސީއާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކަށްވެސް ކުރީ ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުދެއްކި ބައެއް މަސައްކަތްތައް ހުއްޓިފައިވާކަން ތަކުރާރު ކުރައްވަމުން ވިދާޅުވީ މި ވަގުތު އެންމެ ފުރަތަމަ މަސައްކަތަކީ އާރްޑީސީގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ކުރެވޭނެ ގޮތް ހޯދުން ކަމަށެވެ.
ޒުހައިރު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދިޔުމުން ނޫން ގޮތަކަށް ކުންފުންޏަށް އިތުރު އާމްދަނީ ލިބޭނެ ގޮތެއް ނެތް ކަމަށާއި، ކޭޝްފްލޯ މެނޭޖްކުރުން އުދަނގޫ މަރުހަލާއަކަށް އައިސްފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކޮންސަލްޓެންޓް ފާމަކާއެކު މަސައްކަތްކުރަން ނިންމާފައިވާ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ސަޕްލައިރުންގެ މެދުގައި ކުންފުންޏާ މެދު ގެއްލިފައވާ އިތުބާރު އަލުން އިޔާދަކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. ފައިސާ ނުދެއްކި ހުރި ސަޕްލައިރުންނާ ވާހަކަ ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް ދިނުމަށްޓަކައި އެދިފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ މަހެއްގެ ތެރޭގައި އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ދެން އަންނަ ސަރުކާރަކުން އާރު ޑީ ސީ އާއި ހަވާލުވެފައި ޒުހެއިރުމެން މިހާރު ތިޔަ ދައްކަވާ ފާޑުގެ ވާހަކަ ދައްކަން ނުޖެހޭނެ ފަދަ ގޮތަކަށް ޒުހެއިރު މެންގެ އަމަލުފުޅުތައް ބަހައްޓަވާނެ ކަމަށް ހީކުރަން.