ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާނުކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ލ. ގަން - ތުނޑި / ރޯސް، މުޙައްމަދު މާޖިދު (29އ) އެވެ.
އޭނާ ހޯދަމުން ދަނީ ތ. ވިލުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޑައިމޯފިން ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އެގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ 2023 ޑިސެމްބަރ 28 ވަނަ ދުވަހުގެ 13:00 އަށެވެ.
ފުލުހުން ވަނީ މުޙައްމަދު މާޖިދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.