ޚަބަރު

އެންމެ ރަނގަޅީ މިނިސްޓްރީގެ ދަށުގައި އީޕީއޭ އޮތުން: ތޯރިގު

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ތޯރިގު

ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ތޯރިގު އެެހެން ވިދާޅުވީ، ރޭ ދައުލަތުގެ މީޑިއާގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެެވެ.

އީޕީއޭ މިނިވަން ތަނަކަށް ހައްދަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވެރިކަމުގެ ފުރަތަމ އަހަރު ތެރޭގައި ވިދާޅުވެފައެވެ. ނަަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް އެތަން ހިނގަމުން ދިޔައީ މިނިސްޓްރީގެ ދަށުންނެވެ.

މުޅިން މިނިވަން އޭޖެންސީ އަކަށް އީޕީއޭ ހަދާފައި ނުވި ނަމަވެސް، އެ އޭޖެންސީ މިނިވަން ތަނަކަށް ހެދުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދިއްޖެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ޝައުނާ ވިދާޅުވެފައިވެއެވެ.

''އީޕީއޭ މިހާރު އޮތް ގޮތަށް އޮންނަން އަޅުގަނޑު ދެކެނީ، އެއީ ރަނގަޅު ގޮތުގައި. އެތަނަށް ކޮށްދޭން ޖެހޭ ހުރިހާކަމެއް ބަރާބަރަށް ކޮށްދީ އެތަނުގެ ކުރިއެރުމަށް ކޮށްދޭން ޖެހޭ ހުރިހާކަމެއް ކޮށްދީ'' އީޕީއޭ މިނިވަންކުރުމާއި ގުޅޭ ގޮތުން އެ ޕްރޮގްރާމްގައި ސުވާލުކުރުމުން ތޯރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާރުނުފޯރުވައިވެސް ކަންތައްތައް ކުރެވޭނެ ކަމަށް ދެކިވަަޑައިގަންނަވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!