Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަސް މިލިއަން ގަސް އިންދާނެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ފަސް މިލިއަން ގަސް އިންދާނެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އިންދާނެ ގަސްތަކާއި، ގަސްތައް އިންދާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ. ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެ ވެވަޑައިގެންފައި ވަނީ ކޮޕް28 ސަމިޓްގައެވެ. ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، އެ ސަމިޓުގައި ރައީސް އަރިހު ބައިވެރިވެވަޑައިގެންނެވި މިނިސްޓަރު ތޯރިގު ވިދާޅުވީ، ރައީސް ވެވަޑައިގެންނެވި ގަސް އިންދުމުގެ ވައުދާއި ގުޅޭ ގޮތުން ދިމާވި އެކި ގައުމުތަކުގެ ބޭފުޅުންވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. ބައެއް ގައުމުތަކުން ގަސް ހަދިޔާކުރުމާއި ގުޅޭ ގޮތުންވެސް ވާހަކަ ދެކެވިގެން ދިޔަކަމަށް މިނިސްޓަަރު ވިދާޅުވިއެވެ. ތޯރިގު ވިދާޅުވީ އެ ޕްރޮގްރާމް ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ގަސް އިންދުމުގެ ޕްރޮގްރާމް އަކީ ހަމައެކަނި ސަރުކާރުން އެކަނި ހިންގާ ޕްްރޮގްރާމެއް ނޫން ކަމަށާއި، އެކަން ކުރިއަށް ދާނީ އަމިއްލަ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެހެން ރިސޯޓުތަކުގެ ބައިވެރިވުމާއި އެކު ކަމަށް ވިދާޅުވިއެވެ. ''އެހެންވީމާ މިކަންތައްތަކުގައި އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތްތަކަކީ ކޮން ކަހަލަ ގަހެއްތޯ އެކި ތަންތަނުގައި އިންދާނީ'' ރާއްޖޭގައި މިވަގުތު އެބަހުރި ގިނައަތޮޅު ތަކުގައި ރަށްރަށުގައި ހިއްކާފައި ހުރި އަދި އާބާދުނުވާ ބައިވަރު ސަރަހައްދުތައް އެބަހުރި ކަމަށާއި އެ ތަންތަނަކީވެސް ގަސް އިންދޭނެ ތަންތަން ކމަަށް ވިދާޅުވިއެވެ. ''މިވެސް ގަސް އިންދާނެ ޕްރޮގްރާމް ހިންގާނެ ތަންތަން'' މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށްޓަކައި އިތުރު ނާސަރީތަކެއް ހެދިގެންދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޕްރޮޖެކްޓްތައް ހިންގާނީ ތިމާވެއްޓަށް ގެއްލުން ނުވާހެން

އެ ޕްރޮގްރާމް ގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހުރިހާ މަޝްރޫއުތައްވެސް ފެށުމުގެ ކުރިން ތިމާވެއްޓަށް ކުރާނެ އަސަރުތައް ބަލާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ މަޝްރޫއުތަކަކީވެސް ރާއްޖޭގެ އިގްތިސާދާއި އާއްމުންގެ ބޭނުންތަކަށް މުހިއްމު މަޝްރޫއުތަކެއް ކަމަށެވެ. ''ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދެނެގަތުމަކީ މުހިއްމުކަމެއް، ދެނެގަނެފައި އެކަންތައް ކޮބައިތޯ އެންމެ ކުޑަކޮށް ތިމާވެއްޓަށް ގެއްލުން ލިބޭނެ ގޮތްތަކަކީ ބެލުން'' ތޯރިގު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ބިން ހިއްކަން ޖެހުމުން ތިމާވެއްޓަށް ގެއްލުންތަކެއް ލިބޭނެ ކަމަށާއި ނަމަވެސް ވީހާވެސް ބޮޑަކަށް ބަލަނީ އެކަމުގެ އަސަރު ކުޑަކުރެވޭނެ ގޮތްތައް ކަމަށެވެ.
''އީއައިއޭގެ ރިޕޯޓުގައި ލިޔެފައި އޮންނަ ގޮތަށް ނުވަތަ ކަނޑައެޅިފައިވާ ގޮތަށް ލިބޭ ގެއްލުންތައް ކުޑަކުރަން މަސައްކަތްކުރާނަން.
މިނިސްޓަރު ވިދާޅުވީ އެކަންތައްތައް މޮނިޓާ ކުރެވި މަޝްރޫއު ނިމިގެން ދިޔުމުންވެސް އެ ސަރަހައްދު އަނެއްކާވެސް އިޔާދަކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް