Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވިދާނެ: އަސްލަމް

ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވިދާނެ: އަސްލަމް

ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިހާތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވާ އިރު މިއަދަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ. އަސްލަމް މިއަދު ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް ހަތަރުވަނަ ފަހަރަށް ދަންމައިނުލާނެ ކަމަށެވެ.

ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށްދާއިރު، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ވިދާޅުވީސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމުމަށް ފަހު ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފި ނަމަ އެ މަސައްކަތް ނިންމާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް