ޚަބަރު

އެފްޑީސީގެ ނަމުގައި ފޭކް މެސެޖްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީ) ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.

Ads by Sosun Fihaara

އެތަނުން މިއަދު ބުނީ އެ ކޯޕަރޭޝަނުގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭ ގޮތަށް އާންމުންނަށް މެސެޖުތަކެއް ލިބެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

"މި ކޯޕަރޭޝަންގެ ނަމުގައި އާންމު ފަރާތްތަކަށް ފޮނުވަމުން ދަނީ ސައްހަ ނޫން މެސެޖުތަކެއް." އެފްޑީސީން ބުންޏެވެ.

ފަހަކަށް އައިސް އެކިއެކި އިދާރާތަކުގެ ނަމުގައި މިފަދަ ސައްހަ ނޫން މެސެޖްތައް ފިޮނުވައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!