Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންއާ ގުޅޭ ވައުދު ރައީސް މުޢިއްޒު ފުއްދަވައިފި, މިނިވަންވުން އެއީ ޖުޑީޝަރީގެ ނިންމުމެއް: ސަރުކާރު

ރައީސް ޔާމީންއާ ގުޅޭ ވައުދު ރައީސް މުޢިއްޒު ފުއްދަވައިފި, މިނިވަންވުން އެއީ ޖުޑީޝަރީގެ ނިންމުމެއް: ސަރުކާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުދިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ޔާމީން މިނިވަން ކުރުމާ ބެހޭ ގޮތުން ރައީސް މުއިއްޒު ވެ ވަޑައިގެންފައިވާ ވައުދުތައް މިހާރު ފުއްދަވާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ވެސް ޔާމީން ގެއަށް ބަދަލު ކުރައްވާނެ ކަމާއި ޖުޑިޝަރީ އަށް އަތްނުބާނާނެ ކަމަށް ކަމަށެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީގެ އަތް މަތީގައި ކަމަށާއި އެއީ ސަރުކާރާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޝަހީބު ވިދާޅުވީ ރައީސް ޔާމީން ޖަލު ބަންދުން ގެކޮޅަށް ބަދަލު ކުރެއްވީ ކުރީ ސަރުކާރުގެ ހެޔޮފުޅު ކަމުން ކަމަށް ބަޔަކަށް ވިސްނުނު ނަމަވެސް ރައިސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވީ ރައީސް މުއިއްޒުގެ އިލްތިމާސާއި ގުޅިގެން ކަމަށެވެ.

ތަފްސީލް އަންނަނީ..

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް