ޚަބަރު ސަރުކާރު ސިޔާސީ

ބްލޮކް ކުރި ދެ ވެބްސައިޓަށް ވަދެވޭ ގޮތް ހަދައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މި ސަރުކާރުން ބްލޮކް ކުރި ދެ ވެބްސައިޓަށް ވަދެވޭ ގޮތް ހަދައިފިއެވެ.

Ads by STELCO

ސަރުކާރުން އަންގައިގެން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމްއެވެ.

ސަރުކާރަށް ފާޑު ކިޔަމުންދާ ކަމަށް ބުނެ ބްލޮކް ކުރި މި ދެ ސައިޓަށް މިއަދު އަލުން ވަދެވޭ ގޮތް ހަދާފައި ވާއިރު މި ދެ ސައިޓް އަންބޮލޮކް ކުރި ސަބަބާ ގުޅޭގޮތުން ސަރުކާރުން އިތުރު ތަފްސީލް ދީފައެއް ނުވެއެވެ.

އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ މިއީ ދައުލަތެއް ކަމަށާއި ދައުލަތެއް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ޤާނޫނީ އިމުގެ ތެރެއިން އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށެވެ.

ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ކޮށްފައި ހުރި ކަމެއް ކަމަށާއި މިއުޅެނީ އާ ކަމެއް ކޮށްގެން ނޫން ކަމަށް ޝަހީބް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫސް ވެބްސައިޓެއް ސަރުކާރުން ބްލޮކްކޮށްފައި ނުވާނެ ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!