ޚަބަރު

ރައީސްގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން ރާއްޖޭގެ 100 ރަށަކަށް ދަތުރުކުރުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ރަމަޟާންމަހުގެ ކުރިން ރާއްޖޭގެ 100އެއްހާ ރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ވަރަށް އަވަހަށް ރައްޔިތުންގެ ގާތަށް ދަތުރުކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އެގޮތުން ކުރިންވެސް ނިންމަވާފައިވާގޮތަށް އެ ދަތުރުތައް އެންމެ ފުރަތަމަ ފަށްޓަވާނީ ތ. ގުރައިދޫންކަމަށާއި އެއަށްފަހު ކޮންމެ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށެއްގެ ގޮތުގައި ގުރައިދޫ ކަނޑައެޅުއްވީ އެރަށަކީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން އެމަނިކުފާނަށް ވޯޓު ލިބިވަޑައިގެންނެވި ރަށްކަމަށް ވުމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަށްފަހު މުޅި ރާއްޖެ ކަވަރކުރުމަށްޓަކައި ވަކި ތާވަލެއް ތައްޔާރުކުރައްވައި ދަތުރުކުރައްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ދިއުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހުރިހާ ރަށަކުންވެސް އެދޭ ތިމަންނަމެން ރަށަށޭ އެންމެ ފުރަތަމަ އަންނަން ވާނީ. އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމާފައިވާނީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ ގިނައިން ވޯޓު ދެއްވި ރަށަށް. އެއީ ތ. ގުރައިދޫ. ގުރައިދޫއަށް އެންމެ ފުރަތަމަ ދަތުރު އޮންނާނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާވެސް ބައްދަލުކުރާނަން. ފަހަރުގައި އަންނަ ހަފްތާ ގުރައިދޫއަށް ދަތުރުކޮށްފާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ފުރަތަމަ ރަށަކަށް ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެރަށުން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވަނީ 625 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެރަށުން ވޯޓުލީ މީހުންގެ %74.05 އެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 219 ވޯޓާއެކު %25.95އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށެވެ. ރަށްރަށަށް ވަޑައިގަތުމުގެ ކުރިން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ބޭރުގެ މުހިއްމު ޤައުމުތަކަށެވެ. އެގޮތުން މިފެށޭ އަހަރުގެ ކުރީކޮޅު ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ވަގުންނޭ

    ރައީސް ޔާންޓޭ ރަސްވަގު ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިޔަ ދުވަހުން ފެށިގެން ރަސްވަގު މުއިއްޒު ސަރުކާރު މިއޮތީ ފެއިލް ވެފައޭ ރަސްވަގު ސަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  2. ދަންނާތި

    އިންޑިއާ ސަރުކާރުން ބްރިޖްގެ މަސައްކަތް އަވަސްކުރަން އެމްޑީޕީގެ ވެރިކަމުގައި ނުކުރާ ކަމެއް ނެތޭ ދެން އެއަށް ވުރެން ބޮޑުވަރު ނުވާނެއޭ ފުރަތަމަ މުއިއްޒު އެއީ ކޮލިފައިޑް ސްޓްރަކްޗްރަލް އިންޖިނިއަރެކޭ ބުނެވޭކަށް ނެތޭ ކިހިނެއްތޭ ކޮންކްރީޓް ކިއުރިންގް އަށް ބަހައްޓަންޖެހޭ ދުވަހު ނުބަހައްޓާ ކޮންކްރީޓް ބްރިޖް އަޅާނީ ޔާންޓޭގެ ވެރިކަމުގައި ފުރަތަމަ މުއިއްޒު ބުނީ ސަަސްޕެންޝަން ބްރިޖް އަޅަން އެފަދަ ބްރިޖް ރާއްޖެއަށް ކަމުނުދާނެ ކަން ޔާންޓޭ ގާތު އެހެން ބަޔަކު ބުނުމުންނޭ ޔާންޓޭ މުއިއްޒު ބުނިގޮތަށް ނެހެދީ މުއިއްޒު އަށް ވެސް އަދި އަންނި އަށް ވެސް އަދި އިބޫ އަށް ނޭގޭނެއޭ ރައީސް ޔާންޓޭގެ ވެރިކަމުގައި ބިއުޓިފުލް މައިންޑުން ކަންކުރާ ގޮތަށް ކަންކުރާ ގޮތް އެއީ ވަރަށް ބޮޑަށް ދިރާސާ ކުރެވި އަދި ނަތީޖާ ވެސް ދިރާސާ އެތައް ފަހަރަކު ކޮށް އެޕްލައި ކުރި ބައިތަކޭ މުއިއްޒު މަރުފަލި ޖެހިއަސް އަދި ދެން އަންނަ ވެރިއަކު މަރުފަލި ޖެހިނަމަވެސް ސަރުކާރުގެ ބަތާ ކައިގެން މަގާމް ގެ ދަހިވެތި ކަމުގައި ތިބޭ ކައްޕަޅި ވަޒީރުންނަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ ޔާންޓޭގެ ވެރިކަމުގައި ވަޒީރުން ބުނާ ގޮތަށް ޔާންޓޭ ނަހަދަނީ އެއީ ކަންކުރަންވާ ގޮތް ވަޒީރުން ބުނުމުގެ ކުރިން ޔާންޓޭ އަށް އެކަމުގެ ހޯމްވާރކް ހެދިފައިވާތީއޭ ޔާންޓޭގެ ވެރިކަމުގައި އުފެއްދި ވަރުގެ ވަރޗުއަލް ސިޗުއޭޝަން ރޫމެއް މުއިއްޒު ސަރުކާރުގެ ހުރިހާ ވަޒީރުން އެއްކޮށްލުމުން ވެސް ނުއުފެއްދޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ މަމެން ދަންނަމޭ މިޒަމާނުގެ ޕީއެޗްޑީ ވެސް ނަގާ ގޮތް…

  3. އިސްތިއުފާއޭ

    މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށް އޭނާގެ މުނާފިގު އުސޫލު ތައް ތަރައްގީ ކުރުމޭ އެކަން އޭނާ އެބަކުރޭ ޓިނުވަގޭ އާއި އެކު މިސަރުކާރަކީ ރަސްމާލެ ވަގު ސަރުކާރޭ ރަސްމާލެ ވަގު ސަރުކާރަށް ކުރެވޭނެ ކަމަކީ ރާއްޖޭގެ ބިން ތައް އިންޑިއާ އަށް ވިއްކައިގެން ލަންކާ ވަގުންނާއި ގުޅިގެން ވައްކަން ކުރުމޭ އެކަން އެބަކުރޭ މިސަރުކާރުން ވަރަށް ބަރާބަރަށް ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ