Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޯޓެއް ފަރަށް އަރައި ފަޅައިގެން ގޮސްފި

ބޯޓެއް ފަރަށް އަރައި ފަޅައިގެން ގޮސްފި

ބޯޓެއް ފަރަށް އަރައި ފަޅައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ "ސައުތުލޭން" ނަމަކަށް ކިޔާ ބޯޓެއް ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ބޯޓު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ރޭ 20:15 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ބޯޓު ފަޅައިގެން ގޮސްފައިވާ ތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންވެ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް