Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނައިބު ރައީސް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްލައިފި ކަމަށް

ނައިބު ރައީސް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްލައިފި ކަމަށް

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ ނަން ހަޑިކޮށްލައިފި ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ހުސެއިން މުހައްމަދު ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓަނީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

''ވޭތުވެދިޔަ ތަނުގައި ވަޒީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ނުދީ ހިފަހައްޓާފައެއް ނެތް. އެކަމުން އެބޭފުޅުން ދައްކުވައިދެނީ ރައްޔިތުންގެ ކުރިމަތީގައި ނަން އެ ހަޑިކޮށްލީ''' ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ނައިބް ރައީސް އެހެން ވިދާޅުވެފައި މިވަނީ ވަޒީރުންނަށް ރުހުން ނުދީ މަޖިލީސް މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައި ވަނިކޮށެވެ.

ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ މައްސަލަ ފުރަތަމަ ކޮމިޓީން ފާސް ކުރުމަށް ފަހު ތަޅުމަށް ފޮނުވިއެވެ. ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވައިފައެވެ.

އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލު ކުރިއެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލް ކުރިއެވެ.

ނަމަވެސް އޭގެ ފަހުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި  ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕުން އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށެވެ. އަދި ޕީޖީ ގުރޫޕުން ވަޒީރުންނަށް ރުހުންދިނުމާ ގުޅެގޮތުން ވަކި ގޮތެއް ނިންމުމަށް ރަސްމީ ސިފައެއްގައި ވާހަކައެއް ދައްކާފައިވެސް ނުވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ އެމްޑީޕީގެ ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށްވެސް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށެވެ. އަދި މެމްބަރުންގެ ސޮއި ހޯދުމުގެ ވަނީ ފަށާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް