ޚަބަރު

25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވީއައިއޭ ތަރައްޤީ ކުރާ ބިޔަ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ/ޕީއެސްއެމް

އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާނެ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.

Ads by STELCO

ވީއައިއޭ ތަރައްޤީކުރުމުގެ މި މަޝްރޫޢުއަކީ ދިވެހީންގެ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ މަޝްރޫޢުއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ.

މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫޢު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުންޏެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރެވެ.

މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށާއި، މިއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަމައެކަނި ފަތުރުވެރިން ރާއްޖެއަށް ވަދެގެން އަންނަ އަދި ނުކުމެގެންދާ ދޮރާށީގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެންދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި ޕްރޮޖެކްޓުގައި ތަރައްޤީވެގެންދާނީ ހަމައެކަނި ޓަރމިނަލްއެއްނޫންކަމަށާއި، އެއަރޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓިވެސް އިތުރުވެގެންދާނެއެވެ. ޕްރޮޖެކްޓް ނިމޭއިރު 100 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރާނެ ފެސިލިޓީ ހުންނާނެކަމަށާއި، މިއާއެކު ފްލައިޓްތަކަށް މެއިންޓެނެންސް ރިޕެއަރ އަދި އޮވަހޯލް ކުރެވޭނެ ފެސިލިޓީއެއް ޤާއިމް ކުރެވިގެންދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.

މިއީ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ތަރައްޤީކުރާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓަރމިނަލް 35000 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ. މިހާރު ޑޮމެސްޓިކް ޓާރމިނަލުން ޚިދުމަތް ދެވެނީ ގަޑިއަކު 300 މީހުންނަށެވެ. ނަމަވެސް މި މަޝްރޫޢު ނިމޭއިރު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މިއާއެކު ޒަމާނީ އައު ޚިދުމަތްތައްވެސް ތަޢާރަފްވެގެންދާނެކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އެގޮތުން ޒަމާނީ ޗެކިން ފެސިލިޓީ ތަކާއި، ސެލްފް ސަރވިސް ކިއޮސްކް ތަކާއި، ކެފޭ، ރެސްޓޮރަންޓްގެ އިތުރުން ކައިރީގައިވާ ސިޓީތަކާއި، ރިޒޯޓްތަކަށް ދަތުރުފަތުރުގެ ފަސޭހަ ޚިދުމަތްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއި އެކު އަގުހެޔޮ އެއަރލައިން ނުވަތަ ލޯކޮސްޓްް ކެރިއަރ ތަކަށް ޚާއްސަ ޓަރމިނަލެއްވެސް ހުންނާނެކަމަށް އެމްއޭސީއެލުން ބުންޏެވެ. މި ޓަރމިނަލުގައި 4 ގޭޓު ހުންނައިރު ގަޑިއަކު 1000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށާއި، ޖެޓްތަކަށް ޚާއްސަ ވަކި ޓަރމިނަލެއް އަޅާނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ. މިއީ ޑިމާންޑް އޮތް މާކެޓަކަށްވާއިރު މި މާކެޓް ފުޅާ ކުރުމުގައި މުހިއްމު ތަނަކަށް ޖެޓް ޓަރމިނަލް ވެގެންދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.

2022 ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 2558 ޖެޓް ޖައްސާފައިވެއެވެ. އަދި 2023 ވަނަ އަހަރު 1805 ޖެޓް ޖައްސާފައިވެއެވެ.  މިހާރު އެއަރޕޯޓުގެ ޕާކިންގ ކެޕޭސިޓީއަކީ އެއް ވަގުތެއްގައި 34 އެއަރކްރާފްޓެވެ. ނަމަވެސް މި މަޝްރޫޢު ނިމޭއިރު އެއްފަހަރާ 73 އެއަރކްރާފްޓް ޕާކު ކުރެވޭނެއެވެ.

25000 އަކަމީޓަރުގެ އައު ކާގޯ ޓާރމިނަލް އަކީ ފުރަތަމަ ފޭސްގައި ތަރައްޤީ ކުރި ކާގޯ ޓަރމިނަލްގެ ތިންގުނަ ޖާގަ ހުންނާނެ ޓަރމިނަލެކެވެ. މިތަނުގެ ތްރޫޕުޓް ކެޕޭސިޓީއަކީ 300،000 މެޓްރިކް ޓަނެވެ. މި ހުރިޙާ ފެސިލިޓީއެއްގެ އިތުރަށް ތިން ވޯޓަރ ރަންވޭ ތަރައްޤީ ކުރެވޭނެކަމަށާއި، މިތަނުގައި 5 ސީޕްލޭން އޮޕަރޭޓަރުންނަށް ޚިދުމަތް ދެވޭނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މިހުރިހާ ކަމެއްގެ ކުރިބޯއްޓަކީ ވެލާނާ އިންޓަރޏޭޝަނަލް އެއަރޕޯޓު ކައިރީ އޮތް ފުނަދޫގައި ތަރައްޤީ ކުރާ އެއަރޕޯޓް އިކޮނޯމިކް ޒޯންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ޒޯނަކީ އެއަރޕޯޓަށް އަންނަ ފަސިންޖަރުންނަށް ޓްރާންސިޓްް ހޮޓެލްތަކާއި، ޝޮޕިންގ ސެންޓަރުތަކާއި، ކޮންވެންޝަން ސެންޓަރަކާއި، އެންޓަރޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި، ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކައިއެކުގައި ތަރައްޤީކުރެވޭ މުހިންމު ސެންޓަރެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ޕްރޮޖެކްޓާއި އެކީގައި ދިވެހިންނަށް ވިޔަފާރިއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިހާރު ކުރިޔަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ދިވެހިންގެ ފަޚުރުވެރި އެއަރޕޯޓު މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

Ads by Allied Insurance
  1. ޢިޓްސްޑައުން

    މިސަރުކާރުން ކުރާ ކަންކަން ވައްތަރީ އެއީ އެމެރިކާ މީހުން ސޮމާލިޔާގެ މޮގަދިޝޫ އަށް އަރައިގެން އެގައުމުގެ އިންޓީރިއަރ މިނިސްޓަރު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނާއި ދާދި އެއްގޮތް ކަންކަމޭ އެމެރިކާގެ ސުޕަރފްލައި ބްލެކްހޯކް މޮގަދިޝޫ ޒުވާނަނަކު އާރުޕީޖީ އަކުން ބުރަފަތިދުއްވާލުމުން ހެލިކޮޕްޓަރު ގަނޑު ވެއްޓި މުޅި އޮޕަރޭޝަން ފްލޮޕްވީއޭ ހަމަ އެގޮތަށް މިސަރުކާރުން ކުރާ ކަންކަންވެސް ވެގެންދާނީ އެއްވެސް ބިޒްނެސް ޕްލޭނެއް ނަހަދާ ޓެކްނިކަލް ފީސްބިލުޓީ އެއް ނަހަދާ ފުނަދޫ ފިއުލް ސްޓޯރޭޖްގެ އަގު މާލެ އަށް ވުރެން އަގު ބޮޑުވާނެއޭ އެތަން އެހެން ތަނަކަށް ބަދަލު ކުރުން އެއީ ހަމަ ބްލެކްހޯކް ޑައުން ވުން ފަދަ މަޝްރޫއު އެކޭ ބަލަން ތިބޭތި

  2. ބަލާތި

    ރިއެކްސްޕޯރޓް ކުރަން ތިލަފުށި ގާތުން 100 ހެކްޓަރުގެ ބިމެއް ހިއްކުން ރަނގަޅު އެކަމަކު އިންޑަސްޓްރިއަލް ޕާރކް ހަދަން ވިސްނުން ބަހައްޓާ ގާފަރު ފަޅު އެއްކޮށް ހިއްކާލާ އެރަށު މީހުން ހުޅުމާލެ އަށް ބަދަލުކޮށް ގާފަރު ފަޅުގައި މާލެ ވަރުގެ 1000 މާލެ ވަކިން ހިއްކާ ކޮންމެ މާލެ އެއްގައި ވަކި ގައުމެއްގެ އިންޑަސްޓްރީސް ތައް ގާއިމް ކުރަން އެގައުމެއްގެ ވިޔާފާރި ވެރިންގެ ތެރޭން ކޮންމެ ވިޔާފާރި ވެރިއަކަށް 1 ހެކްޓަރުގެ ބިން ވިއްކާލާނީ 10 މިލިއަން ޑޮލަރަށް އެއިރުން

  3. ބަލާތި

    ޜިއެކްސްޕޯރޓް މަސައްކަތަށް ވަރަށް ރަނގަޅުވާނެ ފޭދޫ ފިނޮޅު އިރުން އޮތް ބޮޑު ފަޅު އެފަޅު އެއްކޮށް ހިއްކާލާ އެފަޅަށް ބަދަލުކޮށްލަންވީ މާލޭގައި ހުރި ހުރިހާ ގަރާޖް ތަކާއި ވޯރކްޝޮޕްސް ތައް އެއިރުން އެމެން އެތަނުން ރިކޮން ސައިކަލް އާއި ކާރު އެކްސްޕޯރޓް ކުރާނެ އެފްރިކާ ބައްރަށް އެއީ ޔަގީން ކަމެކޭ..

  4. ހަސަން

    ޙިޔާލީފޮލާގައި އިސްތިހާރުނުވޭ 25،މިލިއަން މީހުން ރާއްެޖެގެނެވޭނެ ބާ؟ ކުރިއަށްއޮތް 10އަހަރު