އިނގުރައިދޫ ދާއިރާގެ ހަސަން އަހުމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިޔުމަށް ނިންމާފައިވާ ކަމަށާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ޕީއެންސީއާއިއެކު ހުންނާނެ ކަމަށެވެ.
ހަސަންޓޭއާއެކު 19 ވަނަ މަޖިލީހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ 18 މެންބަރަކު ތިއްބަވާނެއެވެ. އެއީ ޕީޕީއެމްގައި ދެ މެންބަރުންނާއި ޕީއެންސީގައި 16 މެންބަރުންނެވެ.
Ads by Allied Insurance