Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި

އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި

އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި އެވެ.

އެ ކުންފުނިން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގްރޭޓާ މާލެ ސަރަހައްދުގެ 37 ސްކޫލަކަށް ޒިޔާރަތްކޮށް، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ވަނީ ކޭކު ހަދިޔާ ކޮށްފަ އެވެ.

އެލައިޑުން ބުނީ ޓީޗަރުންގެ ދުވަހުގެ ހާއްސަ ހަރަކާތެއް އެ ސްކޫލުން ކުރިއަށް ގެންދިޔައީ ޓީޗަރުން ކުރަމުން އަންނަ ހިދުމަތްތައް އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން އަންނަ ފަރާތްތައް ކަމަށާއި، ދަރިވަރުން ދެކޭ ހުވަފެންތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެނީ ޓީޗަރުން ކަމަށް ބުންޏެވެ. އެލައިޑުން ބުނި ގޮތުގައި މި ފަދަ ދުވަހެއްގައި ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް