Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޑރ.ޝަހީމް ރޮޒައިނާއަށް: ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ޑރ.ޝަހީމް ރޮޒައިނާއަށް: ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ދޮގު ވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓިގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމު އަލީ ސަޢީދު، މަރަދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަކީ އައިސިސް ދި ދަނަގައިން މުޒާހަރާ ކުރުވި މީހެއް ކަމަށް ރޮޒައިނާ ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން ޝަހީމް ވިދާޅުވީ، ހަރުކަށި ފިކުރުން ޒުވާނުން ސަލާމަތް ކުރައްވަން ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ޑރ.ޝަހީމު ވިދާޅުވީ ރައީސް ޔާމީނުގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުންނާއި އެމަނިކުފާނު އުފެއްދެވި އިސްލާމިކް ޔުނިވާސިޓީ ހިންގެވި ވެރިއެއްގެ ހައިސިއްޔަތުން ވިދާޅުވެވޭނީ ހަރުކަށި ވިސްނުންތަކުން ޒުވާން ޖީލު ސަލާމަތް ކުރެއްވުމަށް ވަރަށް ގިނަގުނަ ހަރުދަނާ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވި ކަމަށެވެ. އަދި އިސްލާމްދީނުގެ ރީތި ތަޞައްވުރާއި ތަހުޒީބު ވިސްނުމުގެ މައްޗަށް އިޖުތިމާޢީ ވެށި ބިނާކުރަން ރައީސް ޔާމީން ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެއްވެސް މީހަކު ދެކެ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ދޮގު ވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޝަހީމް ވަނީ ރޮޒައިނާގެ ވާހަކަތައް ކުށްވެރި ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް