Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަޖިލިސް އިންތިޚާބުގައި ވާދަކުރަން މި މަހުގެ 30ގައި ހުޅުވާލަނީ

މަޖިލިސް އިންތިޚާބުގައި ވާދަކުރަން މި މަހުގެ 30ގައި ހުޅުވާލަނީ

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30ގައި ހުޅުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވަނީ، 2024 ޖެނުއަރީ 30 ން ފެބުރުއަރީ 14 ގެ ނިޔަލަށް ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ. މަޖިލީހުގެ މި ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ.

Advertisement
Allied Insurance — Square (box)

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް