Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޔޫއޭއީއާއި ތައިލެންޑުން އާސަންދަ ލިބޭގޮތް ހަދަނީ

ޔޫއޭއީއާއި ތައިލެންޑުން އާސަންދަ ލިބޭގޮތް ހަދަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑްފަދަ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ, ޗައިނާއަށް ކުރެއްވި ސްޓޭޓް ވިޒިޓް ނިންމާލުމަށްފަހު މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނަން. އަދި އެކޮމަޑޭޝަން އެކްސްޕެންސެއް ހިމެނޭ ގޮތަށް އާސަންދަ ފުޅާ ކުރާނަން" ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ދެން ދާނީ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް ކަމަށެވެ.

މިހާރު ދިވެހިން އާއްމުކޮށް ބޭސްފަރުވާގެ ކަންކަމުގައި ދަނީ އިންޑިއާއަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް