މާރިޗްމަހުން ފެށިގެން ބަލިމީހުން އުފުލާނީ މޯލްޑިވިއަންގައި, އިންޑިއާގެ އުޅަނދު ބޭނުން ކުރުން ހުއްޓާލަނީ

އަންނަ މާރިޗް މަހުން ފެށިގެން ބަލި މީހުން އުފުލަން އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުން ކުރުން މަޑުޖައްސާލަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުޢިއްޒު މިކަން ހާމަކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ އުޅަނދުގެ ބަދަލުގައި ބަލި މީހުން އުފުލަން ބޭނުން ކުރާނީ މޯލްޑިވިއަންގެ ޑޭ-8 މަރަކައިގެ ފްލައިޓެއް ކަމަށެވެ. މިހާރު އެ އެއަރކްރަފްޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.






ކޮމެންޓް