Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި

ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފިއެވެ.

ޕީއެންސީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑިސެމްބަރު 23 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް އަވަސްކޮށް އެފަހުން އަނެއްކާވެސް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމިއެވެ.

ނަމަވެސް ޕީއެންސީން ވަނީ އެ ޕާޓީގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް އަންގާފައެވެ.

Advertisement
HDC — Sidebar (box)

ޕީއެންސީން މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާއިރު މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާވު އޮންނާނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އިތުރު 6 ދާއިރާއާއެކު މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް