ޚަބަރު

ހީކުރިވަރަށް ވުރެ ރައީސް މުޢިއްޒު ކުޅަދާނަ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހީކުރިވަރަށް ވުރެ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު ކުޅަދާނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެކްސްގައި ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮތް ނިންމުމުގައި ރައީސް މުޢިއްޒު އަވަސް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތައް ގިނަ މި ދަނޑިވަޅުގައި ބޭނުންވަނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ގޮތް ނިންމަވާ ލީޑަރެއް ކަމަށެވެ.

" ހީކުރިވަރަށް ވުރެ ރައީސް މުޢިއްޒު ކުޅަދާނަ. ޑެޒިޝަން ނަންގަވާލެއް ހަލުވިވެފަ އަވަސް. ރާއްޖެއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަގުނަ. މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ހަލުވި ސްޕީޑްގައި ކަންކަން ކުރާ ލީޑަރެއް ގައުމު ބޭނުންވަނީ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވަން ބާއްވާ ޖަލްސާ އަންނަމަހުގެ 5 ދުވަހަށް މަޖިލީހުން ވަނީ އެޖެންޑާކޮށްފިއެވެ.

Ads by Ooredoo
  1. މުހައްމާ

    ޝަރީފު (މަވޯޓާ) އެހެން ކިޔާނެ އެއީ އިތުބާރުކުރަނަ ހެޔޮވެސް ވާވަރު މީހެއްނޫން