ޚަބަރު

މާލޭގައި ފެންހިންދާ ނިޒާމްގެ ކެޕޭސިޓީ 2 ގުނައަށް އިތުރުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް މިހާރު އޮތް ސްޓޯރމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް 2 ގުނައަށް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަތީން ވިދާޅުވީ ފެންބޮޑުވެ ރައްޔިތުންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވާކަން ފާހަގަކުރެވޭތީ ޕަންޕް ސްޓޭޝަންގެ މިހާރު ހުރި ކެޕޭސިޓީ ގާތްގަނޑަކަށް 4 ގުނައަށް އިތުރުކުރަން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

“އޭގެ މާނައަކީ މިހާރު ޕަންޕް ސްޓޭޝަނެއްގައި ގާތްގަނޑަކަށް 400 ކިޔުބިކް މީޓަރުގެ ފެން ގަޑިއެއްގެ ތެރޭގައި އުކާލެވޭކަމަށްވަންޏާ ޕަންޕްތަކުގެ ކެޕޭސިޓީ 2 ގުނަ އެކުރެވެނީ” މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އެއިން ކޮންމެ ޕަންޕް ސްޓޭޝަނެއްގެ ކެޕޭސިޓީ 4 ގުނައަށް އިތުރުވެގެންދާނެ ކަމަށާއި އެގޮތަށް ކެޕޭސިޓީ އިތުރުކުރެވެނީ އަމީނީމަގުގެ 4 ސްޓޭޝަންގައި ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެ، ގެތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓިން ބުނީ ލިބުނު ގެއްލުމުގެ އަގު މިލިއަނަކަށް ވުރެ ބޮޑު ކަމަށެވެ. އެހީގެ ގޮތުގައި އެ ގެތަކަށް 711،541ރ. ދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!