Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 40 ބުލެޓްގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރަން އުޅުނު 40 ބުލެޓްގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރަން އުޅުނު 40 ބުލެޓްގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން ބަންދުގެ މުއްދަތަކަށް 10 ދުވަސް ޖަހާފައެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގެ ކޯޓު އަމުރުގައި ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ދައުލަތުގެ ވަކީލުން ފާހަގަކުރާ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 40 ބުލެޓް ބޭރުވެފައެވެ.

މިގޮތުން އޭނާގެ ހަށިގަނޑުގެ އެތެރޭގައި ފޮރިން ބޮޑީސް ހުރި ކަމަށް ސްކޭނުން ދެއްކި ކަމަށާއި އޭނާ ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ބުލެޓުތައް ބޭރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް