Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މިއަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވީ މި ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާކަމަށާއި ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ޕީއެންސީ އޮފީހަށް ނުވަތަ [email protected] އަށް ފޮނުވުމަށް އެދޭ ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް ފަހުން ވަނީ އެއް ހަފްތާގެ މުއްދަތެއް އިތުރުކުރުމަށްފަހު މިމަހުގެ 27 ވާ ހޮނިހިރު ދުވަހު މި ޕްރައިމަރީ ބާއްވާގޮތަށް ނިންމާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް