އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު މިއަދު އާންމުކުރަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ސެޓު މިއަދު އާންމުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ސެޓް މިއަދު ޢާންމު ކުރާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމުގައެވެ.
އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ފުރިހަމަކުރަންޖެހޭ، ކުށާއި ދަރަނީގެ ރެކޯޑަކީ، 2023 ޑިސެންބަރު 14 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ރެކޯޑެއްނަމަ، އެ ތާރީޚުގެ ފަހުން ސާފުކޮށްފައި ހުރި ރެކޯޑުތައް ބަލައިގަންނަގޮތަށް ހަމަޖެއްސުމާއެކު، އިންތިޚާބަށް ޚާއްޞަކޮށްގެން ހުޅުވާ އާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުޞަތު ދުރާލާ ދިނުމަށްޓަކައި، އެކަމަށް ބޭނުންވާ ލިޔުންތައް ފޯމު ސެޓާއެކު ޢާންމުކުރާގޮތަށްވެސް ކޮމިޝަނުން މިއަދި ނިންމާފައިވާކަމަށްވެސް ހަބީބުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައިގަންނާނީ 2024 ޖެނުއަރީ 30 ވަނަ ދުވަހު ކޮމިޝަނުން ކުރާ އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައެވެ.