ޚަބަރު

ގޯތި އަތެއް ނުލާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ޑރ މުއިއްޒު/ ފޮޓޯ؛ ރައީސް އޮފީސް

މާލެ ސަރަހައްދުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ads by STELCO

މާލޭ ރައްޔިތުން ހިންގާ ހަތަރު ޖަމިއްޔާއެއް ގުޅިގެން، ސަލްޓަން ޕާކްގައި ރޭ ބޭއްވި "މާލޭ ބިންވެރިންގެ ސައްލާ"ގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަތަރު ޖަމިއްޔާ އަކީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މަލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީއެވެ.

އެ ޖަމިއްޔާތަކުގެ ފަރާތުން ހާއްސަ މަންދޫބެއް ކަނޑައަޅާ ރައީސް މުއިއްޒުއާ ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުތައް ވަނީ ހާމަ ކޮށްފައެވެ. އަދި އެމަނިކުފާނުގެ މެސެޖު ވަނީ ހިއްސާކޮށްފައެވެ.

ފިރުޒުލް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށާއި، ގޯތި ދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރަށް ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ގިރާވަރުފަޅުން ގާތްގަނޑަކަށް 54 ހެކްޓަރު ހިއްކާ ނިންމާފައިވައިވެއެވެ. ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ހިއްކާ ނިންމާފައިވާ ކަމަށާއި ހުޅުމާލެ ފަޅު ހިއްކުމުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގޯތިދޫކުރާ ސަރަހައްދުތައް ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި އެތަންތަން ހިއްކަމުން އަންނަނީ ކުރިން ކަނޑައެޅި ވަރަށްވުރެ ބޮޑުކޮށް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މިހާރު ހިއްކަމުން އަންނަ ތަންތަން ހިއްކާ ނިންމާލުމަށެވެ. ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށްވުރެ ބޮޑުނުވާ އިންޓްރެސްޓް ރޭޓްގައި ލޯނު ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައި އޮތްގޮތަށް ކުރިއަށް ދާނެއެވެ.

Ads by Ooredoo
  1. ކިތަންމެ ޔަގީން ކަމެއް ދިނަސް އަމަލުން ނުދައްކާހާހިދު ތިޔަކަޱާހާ ސަޅި ބައިސާ ގަބޫލު ކުރާކަށް ނެތިން، އަބަދުވެސް އިވެނީ ދޭނަން ދޭނަން ކިޔާ އަޱު މިސަރުކާރުން އެވަނީ ހިއްކުން ހުއްޓާ ލާފަ ރަޖިސްޓްރީ ދިނުންވެސް ހުއްޓިފަ ނޫސް ތަކުގަ ސުރުހީ އެޅުން ނޫން ކަމެއް ކުރާތަން ނުފެނޭ މަޖިލިސް ލިބުނީމަ ބާތިލު ކުރަން ތޯއްޗެ އެތިބެނީ! އެހެން ތާބުނާނީ މިސަރުކާރުފެ އިސް މަގާމު ތަކުގާ އެތިބީ ފާޅުކޮށް ގޯތިދިނުމާ ދެކޮޅު ހެދި މީހުން ބަންޱާރަ ނައިބުން ފެށިގެން ނެރެން އުޅުނު މޭޔރ އައް ބެލިއަސް ކަން އޮތީ އެގޮތަށް!!!!!

  2. ޫޒޫބިރު

    ތިބުނާ ބަަހަށް މިހާރު އިތުބާރު ކުރާނީ ކާކު؟ އަދިވެސް ފްލެޓްތައް ވީހިސާބެއް ނޭނގެ! އެހެންޏާ އަލަށްވިއްޔާ މިރާއްޖޭގަ ފްލެޓް މިދިނީ! މީގެ ކުރިން ހިޔާފްލެޓްތައް ބަހާލީ މަތިން ބާވާލެއްވި އެއްޗަކަށް ވީމަތަ އޭރު އެމައްސަލަ ނުބެލީ!