ޚަބަރު

ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާ ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ނޭވީގެ އިންޑޯ ޕެސިފިކް އޭރިއާގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާ ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، އެމެރިކާގެ ކޮމާންޑަރ އެކީނޯ މަރުޙަބާ ދެންނެވިއެޗެ، ދިވެހިރާއްޖެ އާއި އެމެރިކާ އާއިދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެމެރިކާއިން ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް، ރާއްޖޭގެ ސިފައިންނަށް އެމެރިކާއިންދޭ ތަމްރީންގެ ފުރުޞަތުތައް ފާހަގަކުރައްވާ، އެ ޤައުމުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ދިފާޢީ ބާރު ކުރިއެރުވުމުގައި އެމެރިކާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކޮމާންޑަރ އެޑްމިރަލް ޖޯން އެކޯނީ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރާއްޖެއިން އިންޑިޔާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ކޮމާންޑަރ ފާހަގަކުރެއްވިއެވެ. ހަމައެއައިއެކު، ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއިމެދު އިންޑޯ ޕެސިފިކް އޭރިއާގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކީނޯ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!